ވިޔަފާރި

ގްރީން ފަންޑަށް 508 މިލިއަން ރުފިޔާ ޖަމާކޮށްފި

ތިމާވެށީގެ މަޝްރޫއު ތަކަށް ހަރަދު ކުރަން ގާއިމްކޮށްފައިވާ "ގްރީން ފަންޑަށް" ޖުލައި މަހުގެ ނިޔަލަށް 508 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ "ގްރީން ފަންޑު" ގެ ރިޕޯޓުގައިވާ ގޮތުން ގްރީން ފަންޑަށް ޖުލައި މަހުގެ ނިޔަލަށް 508 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާއިރު، މި ފަންޑުން 165 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިހާރު މި ފަންޑުގައި ބާކީ ހުރީ 343 މިލިއަން ރުފިޔާ އެވެ.

މި ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ގްރީން ފަންޑަށް އެންމެ ބޮޑު އަދަދެއް ޖަމާކޮށްފައިވަނީ މާޗް އަދި އެފްރީލް މަހު އެވެ. މި މުއްދަތުގައި 83 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ޖުލައި މަހު އެކަނި ގްރީން ޓެކުހުގެ ގޮތުގައި 49 މިލިއަން ރުފިިޔާ ވަނީ ލިބިފަ އެވެ. ޖުލައި މަހު ގްރީން ޓެކުހުން އާމްދަނީގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ރިސޯޓުތަކުން 46 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހޮޓާ ތަކުން ގްރީން ޓެކުހުގެ ގޮތުގައި 1,1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ސަފާރީ އުޅަނދު ފަަހަރުން ގްރީން ޓެކުހުން އާމްދަނީގެ ގޮތުގައި 989,658.6 ރުފިޔާ ލިބިފައިވެ އެވެ.