ހަބަރު

1.3 މިލިއަނަށް ތިނަދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް ގާއިމް ކުރަނީ

ގދ. ތިނަދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް ގާއިމުކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މިއަދު އެންވަޔަރަމެންޓު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ އެކުއާމެރިން ހޮލިޑޭސް ކުންފުންޏާ އެވެ. މި އެއްބަސްވުމުގައި މި ނިސްޓްރީގެ ފަރާތުން ސޮއިކޮށްފައި ވަނީ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ އެވެ. އަދި ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރަހުމާން މުޖުތަބާ އާދަމް އެވެ.

މި މަސައްކަތް އެކުއާމެރިން ހޮލިޑޭސް އާ ހަވާލުކޮށްފައި ވަނީ 1.3 މިލިއަން ރުފިޔާގެ އަގަކަށް، 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިއީ ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.