ހަބަރު

ވެމްކޯގެ މުވައްޒަަފަކަށް ހަމަލާދިން މައްސަލައެއް ބަލަން ފަށައިފި

މޯލްޑިވްސް ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފަކަށް މީހަކު ހަމަލާދޭ މައްސަލައެއް ފެންމަތިވެ، ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ވެމްކޯގެ ޔުނީފޯމްގައި ހުރި މީހަކާއި މަގުމަތީ ހުރި އާންމު މީހަކާ ދެމެދު ޒުވާބެއް ހިނގައި އެސްލޯނު ހޮޅިއަކުން ވެމްކޯގެ މުއައްޒަފަށް ހަމަލާދެ އެވެ. ތިންހަތަރު ފަހަރަށްވުރެ ގިނައިން ވެމްކޯގެ މުވައްޒަފުގެ ގައިގައި އެ މީހާ ޖެހުމުން ވެމްކޯގެ މުއައްޒަފު ވެސް އަނެއް މީހާއާ ހަމަނުޖެހުން ހިނގަން މަސައްކަތް ކުރެ އެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް ވެމްކޯގެ މުއައްޒަފު ވެސް ބުނާ އަޑު އިވެ އެވެ.

ސޯޝަލް މީޑިއާގަައި ދައުރުވަމުންދާ ވީޑިއޯ

އެކަމާ ގުޅިގެން ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްއިން އެ މައްސަލައިގެ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.