ހަބަރު

ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯ ފާމަސީ ހުޅުވައިފި

"އެސްޓީއޯ ފާމަސީ ދަރުމަވަންތަ" ގެ ނަމުގައި ފާމަސީއެއް އެސްޓީއޯ އިން މިއަދު ހުޅުވައިފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު ފާމަސީ ރަސްމީކޮށް ހުޅުވައި ދެއްވީ އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމާއި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ހުސައިން އަމްރު މުހައްމަދު ރަޝާދެވެ.

ފާމަސީ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެސްޓީއޯ މެޑިކަލްސް އިން މައުލޫމާތު ދިން ގޮތުގައި މި ފާމަސީގެ ހިދުމަތް ހޮސްޕިޓަލްގެ އޯޕީޑީ ހުޅުވާފައި ހުންނަ ހުރިހާ ވަގުތެއްގައި ވެސް ލިބޭނެ އެވެ. އަދި، އެސްޓީއޯގެ އެހެން ފާމަސީތަކާއި އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހުޅުވި ފާމަސީއިން އާސަންދަ އާއި، އެލައިޑް އަދި އަމާނާތަކައްފުލް އިންޝުއަރެންސް ކަވާ ކުރާނެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހުޅުވި ފާމަސީއަކީ އެސްޓީއޯގެ 188 ވަނަ ފާމަސީ އެވެ.