ވައްކަން

ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި 18 ފޯނު ވަގަށް ނަގައިފި

މާފަންނުގައި ހުރި ފޯނު ވިއްކާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ފިހާރައަށް ވަަދެ ފޯނުތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން މިއަދު ބުނީި އެ ފިހާރައިން ވައްކަން ކުރި ކަމަށް ރިޕޯޓު ކުރީ ރޭ ފަތިހު 5:00 ގައި ކަމަށާއި، އެ ފިހާރައިން ވަގަށް ނަގާފައިވަނީ 18 މޯބައިލް ފޯނު ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ. މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.