ހަބަރު

ދެ ފުލުހުން ހައްޔަރު ނުކުރަން ހުއްޖަތެއްނެތް: އިންތި

އަހުމަދު ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުން ހައްޔަރު ނުކުރެވޭނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.

ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް، ރިލްވާން ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުުރުމުގެ ކޯޓް އަމުރެއް ހޯދަން ފުލުހުންގެ މުއައްސަސާގައި ރޭގެ ވަގުތެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްުޔަރު ކުުރުމުގެ ބަދަލުގައި ފުލުހުން ވަނީ އެ ދެ މީހުން މަސައްކަތުން އެކަހެރިކޮށްފަ އެވެ. އެކަމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ މަޖިލީސް މެންބަރުންނާއި، އެކްޓިވިސްޓުންވެސް ގެންދަނީ ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުން ރިލްވާންގެ މައްސަލަ ތަހުގީގު ފުރިހަމަ ބާރާއި އިހުތިޔާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށާ އެ ކޮމިޝަނަށް މީހުން ހައްޔަރު ކުރަން ޖެހިއްޖެ ހާލަތެއްގައި ހައްޔަރުގެ އަމުރަށް އެދުމުގެ ބާރު ވެސް ލިބިގެންވާ ކަމަށް ސީޕީ ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުން އިމްތިޔާޒު ވިދާޅުވީ އިއްޔެ ފުލުހުން ނެރުނު ބަޔާނުގައިވެސް ފުލުހުން އަދިވެސް ރިލްވާންގެ މައްސަލާގައި ތަހުގީގު ހިންގާކަމަށް ބުނެފައިވާކަމަށެވެ. ފުލުހުން ތަހުގީގު ހިންގާނަމަ ހައްޔަރުކުރުމަށް އަމުރު ހޯދުމަށްވެސް އެދެވޭނެކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

ދެ ފުލުހުން ހައްޔަރުކުރަން، ފުލުހުންގެ މުއައްސަސާއިން ދެކޮޅު ހަދާ ހެދުމަށް ފާޑުވިދާޅުވަމުން އިމްތިޔާޒު ވިދާޅުވީ ފުލުހުންގެ އަތުގައި ކުރިންވެސް އަދި މިހާރުވެސް ހުރި ހެކިތަކުގެ އަލީގައި އިންޓެލްގެ ދެ މީހުން ހައްޔަރުކުރުނުކުރެވޭނެ އެއްވެސް ހުއްޖަތެއް ނެތްކަމަށެވެ.

"ފުލުހުން ތަހުގީގު ހިންގާނަމަ އެރެސްޓް ވޮރަންޓްވެސް ހޯދޭނެ ފުލުހުންގެ އަތުގައި ކުރިންވެސް އަދި މިހާރުވެސް ހުރި ހެކިތަކުގެ އަލީގައި އިންޓެލްގެ ދެ މީހުން ހައްޔަރުކުރުނުކުރެވޭނެ އެއްވެސް ހުއްޖަތެއް ނެތްކަމަށް." އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ.

ފުލުހުން ތަހުގީގު ހިންގާނަމަ އެރެސްޓް ވޮރަންޓްވެސް ހޯދޭނެ ފުލުހުންގެ އަތުގައި ކުރިންވެސް އަދި މިހާރުވެސް ހުރި ހެކިތަކުގެ އަލީގައި އިންޓެލްގެ ދެ މީހުން ހައްޔަރުކުރުނުކުރެވޭނެ އެއްވެސް ހުއްޖަތެއް ނެތްކަމަށް.
އަލްއުސްތާޛު އިމްތިޔާޒު ފަހުމީ | މާފަންނު އުތުރު ދާއިރާގެ މެންބަރު

ދެ ފުލުހުން ހައްޔަރުކޮށްފައިނުވާތީ މަޖިލީހުގެ އެހެން ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ފުލުހުންގެ އެންމެ އިސްވެރިން ބަދަލުވި ނަމަވެސް ޑިޕާޓްމަންޓްތަކުގައި އަދިވެސް އިސްކޮށް ތިއްބެވީ މީގެ ކުރިން ގޯސް ހެއްދެވި ބޭފުޅުން ކަމަށް އެ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެސް ވަނީ ފުލުހުންގެ ބައެއް އިސްވެރިންނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.

ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުން ހައްޔަރު ކުރަން އެންގުމާއި ގުޅޭ ގޮތުން ބަންޑާރަނާއިބް "އަވަސް" އަށް ވިދާޅުވީ އެ ދެ ފުލުހުން ހައްޔަރު ކުރަން އަންގާފައި ވާނީ އެ މީހުން މިނިވަންކަމާއެކު މުޖްތަމައުގެ ތެރޭގައި އުޅެމުންދާނަމަ އިންސާފަށް ވާސިލްވުމަށް ކުރާ މަސައްކަތަށް ހުރަސްއެޅިދާ ނެތީ ކަމަށެވެ.