ހަބަރު

ދީނަށް ފުރައްސާރަ ކުރި މީހާއަށް އިންޒާރު ދިން މައްސަލައެއް ބަލަނީ

Sep 11, 2019
4

އިސްލާމް ދީނަށް ފުރައްސާރަކޮށް ޓުވީޓު ކުރަމުން ދިޔަ މީހާއަށް އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އިސްލާމް ދީނާ ދެކޮޅު އެއްވުންތައް ބާއްވައި ޒުވާނުންނަށް ލާދީނީ ވާހަކަތައް ކިޔައިދޭނެ ކަމަށް ބުނެ ޓްވީޓް ކުރަމުންދިޔަ ދިވެއްސަކު ގދ. ތިނަދޫ އިން އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ ދީނަށް ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ. އޭގެ އިތުރުން އެ މީހާއަށް އިންޒާރު ދިން މައްސަލައެއް ފުލުހުން ވަކިން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައިވަނީ ޓްވިޓާގައި އޭނާގެ ނަމަކަށް ރުޝްތުމް ޖަހާފައިވާ މީހެކެވެ. އޭނާ ކޮށްފައިވާ ޓްވީޓެއްގައި ތިނަދޫގެ ޒުވާނުންތަކެއް އެއްކޮށް ލާދީނީ ވާހަކަތަކެއް ކިޔައިދީފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެއީ އޭނާ ދީނާ ދެކޮޅަށް ކުރާ މަސައްކަތް ފާޅުގައި ފެށުން ކަމަށް ވެސް ބުނެފައިވެ އެވެ.