ހަބަރު

މީހަކަށް ބިރުދައްކައިގެން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ މައި އިދާރާ --
0%
0%
0%

މަކަރާ ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަކަރާ ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އެ މައުލޫމާތު ލިބިފައިވަނީ މިއަދު 12:45 އެހާކަންހާއިރު، ފުލުހުން މަގުމަތި ޕެޓްރޯލް ކުރަމުންދަނިކޮށް ކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި އެކަމަށް ތުހުމަތުކުރެވޭ ފަރާތުން، އަނިޔާ ލިބެމުންދާ ފަރާތަށް ބިރުދައްކާ އޭނާގެ އަތުން އިތުރަށް ފައިސާ ހޯދުމަށް އައުމުން، އެމީހާ ފުލުހުންގެ ބެލުމުގެ ދަށައް މިއަދު ގެންގޮސްފައިވާކަމަަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ މީގެ ކުރިންވެސް މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ ރެކޯޑް އޮތް މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345