ހަބަރު

ދަރިވަރަކާއެކު ބިދޭސީ ޓީޗަރަކު ކޮޓަރިއެއްގައި އޮއްވާ ހައްޔަރުކޮށްފި

Sep 15, 2019
3

އައްޑޫ ސިޓީގެ ރަށެއްގައި ބިދޭސީ ޓީޗަރަކާއި ދަރިވަރަކާއެކު ކޮޓަރިއެއްގެ ތެރޭގައި ތިބި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އަވަސްއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާގެ އޮފިޝަލަކު ވިދާޅުވީ ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ބިދޭސީ ޓީޗަރަކާ، އަންހެން ދަރިވަރަކު ކޮޓަރިއެއްގެ ތެރޭގައި ތިބިކަމުގެ މައުލޫމާތު ލިބިގެން ބަޔަކު އެކަން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށެވެ.

އައްޑު އަތޮޅުން މައުލޫމާތު ދިން މީހަކު ބުނީ ބިދޭސީ ޓީޗަރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަން ފުލުހުން ޔަގީންކޮށެއް ނުދެ އެވެ. އަދި ދޮގެއްވެސް ނުކުރެ އެވެ. ފުލުހުން އެ ކޮޓަރިއަށް ވަތްއިރު ބިދޭސީ ޓީޗަރާ، ދަރިވަރު ތިބި ހާލަތެއް އަދި އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއްވެސް ފުލުހުން ނުބުނެ އެވެ.