މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިއަހަރުގެ މިހާތަނަށް 28 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Sep 18, 2019

މިއަހަރުގެ މިހާތަނަށް 28.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމުން މިކަން ހާމަކޮށްފައި ވަނީ އިއްޔެ ރާއްޖެ އައި ބަނގްލަދޭޝްގެ މީހެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުމާއި ގުޅިގެން އާންމު ކުރި މައުލޫމާތުތަކެއްގަ އެވެ.

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުުރުން ހުއްޓުވަން ކަސްޓަމުން ފަށާފައިވާ މަސައްކަތުގައި ގިނަ ބަޔަކު ހުއްޓުވައި ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ. ކަސްޓަމުން ބުނީ އިއްޔެ ބަނގްލަދޭޝްއިން ރާއްޖެ އައި މީހާގެ އަތުން 3.69 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށެވެ.