ހަނިމާދޫ

ހަނިމާދޫ ބަނދަރު ބޮޑު ކުރަން އެމްޓީސީސީއަށް

ހަނިމާދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން: މަޝްރޫއު ހަވާލު ކުރީ 57 މިލިއަން ރުފިޔާއަށް -- އަހްމަދު މުހައްމަދު | އަވަސް
0%
0%
0%

ހދ. ހަނިމާދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ހަވާލުކޮށް ކޮންޓްރެކްޓުގައި ވަނީ ސޮއިކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމެނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އެމްޓީސީސީން ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ.

ހަނިމާދޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ ދަށުން 355 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ޖަހާނެ އެވެ. އަދި 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި 50 މީޓަރުގެ ރިވެޓްމަންޓް ވެސް ޖަހާނެ އެވެ. އަދި ނެރުބައްތި ޖެހުމާއި ބަނދަރު ބައްތި އަދި 2583 މީޓަރުގެ ޕޭވްމަންޓެއް ވެސް ހަދާނެ އެވެ.

ހަނިމާދޫ ބަނދަރުގެ ބޮޑު ކުރުމުގެ މަސައްކަތަށް 57 މިލިއަން ރުފިޔާ ހަރަދުވާއިރު މަސައްކަތް 425 ދުވަހުން ނިންމަންޖެހެ އެވެ.

މިއީ ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ މަޝްރޫ އެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345