ހަބަރު

ފުލުހަށް ފިލި މީހާ ގޭގައި ހުއްޓާ ހައްޔަރުކޮށްފި

Sep 25, 2019

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައި ހުއްޓާ ފިލި މީހާ އަނެއަކާވެސް ހައްޔަރުކޮށްފި އެވެ. އަލުން އޭނާ ހައްޔަރުކޮށްފައި ވަނީ ދިރިއުޅޭ ގޭގައި ހުއްޓާ އެވެ.

އެ މީހާ ހައްޔަރު ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި މ. ކޮޅުފުށިންނެވެ. އުމުރުން 39 އަހަރުގެ އެ މީހާ ފުރަތަމަ ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ ފިލާފައިވަނީ އިއްޔެ އެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެ ހަވީރު އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ.