ހަބަރު

އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ބައްދަލުވުން ފަށައިފި

މިއަދު ފެށި މި ބައްދަލުވުން އިފްތިތާހު ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު
0%
0%
0%

"ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން" ގެ 10 ވަނަ އާއްމު ބައްދަލުވުން ރާއްޖޭގައި ފަށައިފި އެވެ.

ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށްދާ މި ބައްދަލުވުން އިފްތިތާހު ކޮށްދެއްވީ ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އެވެ.

ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަނަކީ ދުނިޔޭގެ ކާބޯތަކެތީގެ ޖަމިއްޔާ (އެފްއޯއޭ) ގެ ދަށުން އިންޑިއާ ކަނޑުގެ ވެސްޓް ވިންގުގެ އައްސޭރިފަށުގެ ގައުމުތައް ގުޅިގެން އެކުލަވާލާފައިވާ ކޮމިޝަނެކެވެ.

ކޮމިޝަންގެ މެމްބަރު ގައުމުތަކަކީ ރާއްޖޭގެ އިތުރުން، ސައުތުއެފްރިކާ އާއި ކެންޔާ އާއި ސީޝެލްސް އާއި މޮރިޝަސް އާއޮ މަޑަގަސްކަރަ އާއި ކޮމޯރޯސް އާއި މޮޒަމްބީކާއި ޓެންޒޭނިއާ އާއި ސޮމާލިއާ އާއި ޔަމަން އަދި ފްރާންސް - ރީޔޫނިއަން އައިލެންޑްސް އެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ފެށި ޖަލްސާގައި މިނިސްޓަރު ޒަހާ ވަނީ އިންޑިއާ ކަނޑުގައި ގާނޫނާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފަ އެވެ. އަދި އިންޑިއާ ކަނޑުގެ މަހުގެ ބާވަތްތަކުގެ ސްޓޮކްގެ ހާލަތު ދައްވާ ކަން ފާހަގަ ކުރައްވާ އެ ސްޓޮކްތައް ދެމެހެއްޓެނިވި މިންވަރެއްގައި ބަހައްޓަން ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގައި ގާނޫނާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް މަސައްކަތް ކުރަން މިނިސްޓަރު ޒަހާ ގޮވާލެއްވި

އަދި ވިދާޅުވީ، ބޮޑު ދަލުގެ މަސްވެރިކަންކުރާ އުޅަނދު ފަހަރުން އާދަޔާހިލާފަށް ގިނައިން ކަނޑަށް ދޫކުރާ އޮޔާދާ ބޮއި ގެ ސަބަބުން ކަޅުބިލަމަހުގެ ސްޓޮކް ހީނަރުވަމުންދާ ކަމަށެވެ. އެހެންކަމުން އޮޔާދާ ބޮއި ބޭނުންކުރާ މިންވަރު މަދު ކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

މި ބައްދަލުމުގައި މެމްބަރު ގައުމުތަކާއެކު ސަރަހައްދުގެ މަސްވެރިކަމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ވާހަކަ ދައްކާ، މަސްވެރިކަން ތަރައްގީކޮށް ކުރިއަރުވާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345