ހަބަރު

ރާއްޖޭން ފީނުމުގެ ދުނިޔޭގެ ރެކޯޑް މުގުރާލައިފި

އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނައިގެން އިޓަލީވިލާތުން ހަދާފައިވާ ދުނިޔޭގެ ރެކޯޑު، ރާއްޖޭން މިއަދު މުގުރާލައި އާ ރެކޯޑެއް ގާއިމް ކޮށްފި އެވެ.

ބަރޮސް ފަޅުތެރޭގައި ހެދި "ފްރީޑައިވް ވޯލްޑް" ރެކޯޑަކީ މިގޮތަށް ރާއްޖޭން ހެދި ފުރަތަމަ ރެކޯޑެވެ. އެންމެ ގިނަ މީހުން އެއް ވަގުތެއްގައި ފީނުމުގެ ރެކޯޑު މިއަދާ ހަމައަށް އޮތީ 280 މީހުންނާއެކު އިޓަލީގެ ވެރޯނާގަ އެވެ. ވެރޯނާ އިން ރެކޯޑް ހަދާފައިވަނީ އޮކްޓޫބަރު 11، 2009 ގަ އެވެ.

ރާއްޖޭން މި ރެކޯޑު ހަދާފައިވަނީ 600 އަށް ވުރެ ގިނަ މީހުންނާ އެކުގަ އެވެ. ރެކޯޑު ހެދުމަށް ބޭއްވި އިވެންޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ފްރީޑައިވް ވޯލްޑް ޗެމްޕިއަން، ވިލިއަން ޓްރޫ ބްރިޖް ވެސް ބައިވެރިވި އެވެ.