ފޭރުން

ގާޑަކަށް ހުރި ބިދޭސީއެއްގެ ފޯނު ފޭރިގެންފި

Oct 11, 2019

މާލޭގެ ފިހާރައެއްގެ ސެކިއުރިޓީ ބަލަހައްޓަން ހުރި ބިދޭސީ ގާޑެއްގެ ފޯނު ފޭރި ގަނެފި އެވެ.

ފުލުހުން ބުނީ ފަރީދީ މަގުގައި ހުރި ފިހާރައެއްގައި ސެކިއުރިޓީ ކުރަން ހުރި ބިދޭސީއެއްގެ ފޯނު ރޭގެ ވަގުތެއްގައި ފޭރިގެންފައިވާ ކަމަށާއި ފޯނު ހިފައިގެން ދުވެފައި ދަނިކޮށް އެ ވަގުތު މާލެތެރެ ޕެޓްރޯލު ކުރަން އުޅުނު ފުލުހުންގެ ބަޔަކަށް އެ މަންޒަރު ފެނިގެން ފަހަތުން ގޮސް ހުއްޓުވާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ދިވެއްސެކެވެ. ފުލުހުން ވަނީ އެ ފޯނު ބިދޭސީ މީހާއާ ހަވާލު ކޮށްފަ އެވެ.