ފޭރުން

ފިހާރައެއްގެ ފައިސާތައް ފޭރިގެންފި

Oct 11, 2019

ފިހާރައަކަށް ވަދެ ދެ މީހަކު ވެގެން ވަޅިން ބިރު ދައްކައް ފައިސާ އާއި ސިނގިރޭޓް ފޮށިތަކެއް ފޭރިގެންފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ފަހު ބަޔަކު ވަދެ ތޫނު ހަތިޔާރުން ބިރު ދައްކައި ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ އާއި އެ ފިހާރައިން ސިނގިރޭޓް ފޮށިތަކެއް ފެރިގެންފައި ވަނީ މެންދުރު ފަހު 3:00 ޖަަހާއެހާކަންހާއިރު ކަމަށެވެ. އެއީ މާފަންނުގައި ހިންގާ ފިހާރައެއް ކަމަށް ވެސް ބުންޏެވެ.

އެ ފިހާރައިން ފޭރިގެންފައި ވަނީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ، ނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުންނެވެ.