ފޭރުން

ފުލުހުންނަށް ހެދިގެން ގޮސް ފޭރިއްޖެ

0%
0%
100%

ފުލުހުންގެ އިންޓެލިޖެންސް ބައެއް ކަމަށް ބުނެ ބަޔަކަށް ބިރު ދައްކާ ފޭރިއްޖެ އެވެ.

ފުލުހުން ބުނީ މާލޭގައި މިއަދު ހެނދުުނު ހިނގި މި ހާދިސާ ހިނގާފައިވަނީ މަޖީދީމަގުގައި ހިންގަމުންދާ "ފަރިވާ ސްޓޭ" ގައި ކަމަށެވެ. އެ ތަނަށް ތިން މީހަކު ވަދެ އެ ވަގުތު ޑިއުޓީގައި ތިބި ތިން މުވައްޒިފުންގެ އަތުގައި އެ މީހުން ވަނީ ކޭބަލް ކްލިޕް އަޅުވާފައެވެ. އެ މީހުން އެ ތަނަށް ވަދެ އެއީ ފުލުހުންގެ އިންޓެލިޖެންސްގެ ބައެއް ކަމަށް ބުނެފައިވެއެވެ.

އޭގެ ފަހުން އެ ތަނުން ބައެއް ތަކެތި ފޭރިގަނެގެން ވަނީ ގެންގޮސްފައެވެ. ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމަށް ނުބުނެއެވެ. އަދި ފޭރުމުގެ މި އަމަލުގައި ބައިވެރިވި މީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ނުދެއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސވލ

ފޭރުން މުޅިން އައުހަރުފަތަކަށް އަރަނީބާ؟ ނުވަތަ ކަންތަކާ ޖެހެނީބާ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345