ހަބަރު

ހުޅުމާލޭގައި ކާރަކާއި ސައިކަލެއްޖެހި ދެ މީހަކަށް އަނިޔާވެއްޖެ

Oct 13, 2019

މިއަދު ހެނދުނު ހުޅުމާލޭގައި ދުއްވި ކާރާކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 7:50 ހާއިރު، ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގެ އިރުން ހުޅަނގަށް ދުއްވާފައިވާ ދިޔަ ކާރަކާއި، ފިލިގަސް މަގުގެ އުތުރުން ދެއްކުނަށް ދުއްވާފައިދިޔަ ސައިކަލެއް ޖެހިގެނެވެ.

އެ ހާދިސާގައި، ސައިކަލު ދުއްވަން އިން 48 އަހަރުގެ ދިވެހި ފިރިހެނަކަށާއި އޭގެ ފަހަތުގައި އިން 41 އަހަރުގެ އަންހެނަކަށް އަނިޔާ ވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ، ކާރު ދުއްވަން އިން 27 އަހަރުގެ ދިވެހި ފިރިހެން މީހާއަށް އަނިޔާއެއް ލިބިފައި ނުވިއަސް އޭނާ ދުއްވަން އިން ކާރަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

މާލޭ ސަރަހައްދުގައި ކޮންމެ ހަފުތާއަކު ގިނަ އެކްސިޑެންޓްތަކެއް ހިނގަމުންދާއިރު، މިދިޔަ ހަފުތާގައި މާލޭގައި އެކަނިވެސް 58 އެކްސިޑެންޓް ހިނގައި، 11 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.