ހަބަރު

މީދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީގެ މީދޫގެ ބަނދަރު ބޮޑު ކުރަން އެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީން މިއަދު ބުނީ، އީއައިއޭ ހެދުމަށްފަހު މީދޫ ބަނދަރުގެ މަސައްކަތް މި މަހު 12 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތުގެ 10 ޕަސެންޓު މިހާރު ވެސް ނިމިފައި ކަމަށެވެ.

މީދޫ ބަނދަރު ބޮޑު ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިއަހަރުގެ ޖޫން 23 ވަނަ ދުވަހު އެވެ. މަސައްކަތުގެ ދަށުން 2،480 މީޓަރުގެ ޕޭވްމަންޓަކާއި 115 މީޓަރުގެ ބޭރު ތޮއްޓަކާއި 208 މީޓަރުގެ އެއްގަމު ތޮއްޓެއް ލާނެ އެވެ. އަދި، ބަނދަރު ބޮޑު ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގެ ފަޅުން 57،996 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރެ އެވެ.