ރަހީނު ކުރުން

ބިދޭސީއަކު ރަހީނު ކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

Oct 17, 2019
1

ބިދޭސީން ދިރިއުޅެމުން އައި ގެއެއްގައި ބިދޭސީއަކު ރަހީނުކޮށް އޭނާ އަތުން ފައިސާ ހޯދަން އުޅުނު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މާފަންނުގައި ބިދޭސީންތަކެއް ދިރިއުޅެމުން އައި ގެއެއްގައި ބަންގުލަދޭޝްގެ މީހަކު ރަހީނުކޮށް އެ މީހާގެ އަތުން ފައިސާ އަތުލަން އުޅުނު މައައްސަލައެއް މިއަދު ހަވީރު ފުލުހަށް އެނގުނު ކަމަށެވެ.

އަދި ބުނީ ހަވީރު 5:17 ގައި އެ ރިޕޯޓް ލިބުމާއެކު ފުލުހުން އެ ގެއަށް ވަދެ އެ ބިދޭސީ މީހާ ސަލާމަތްކޮށް އެ މީހާ ރަހީނުކޮށްގެން ގެންގުޅުނު ބަންގުލަދޭޝްގެ ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަަށެވެ.

އަދި ރަހީން ކުރި އެ މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. ފަހަކަށް އައިސް ދިވެހިން ބިދޭސީން ރަހީން ކުރުމާއި ބިދޭސީން، އެމީހުން އެމީހުނަށް ރަހީނު ކުރުމުގެ މައްސަލަތައް ކައިރި ކައިރީގައި އަންނަން ފަށާފައި ވެއެވެ.