ހަބަރު

ކުޅުދުއްފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތައްވެއްޖެ

Oct 22, 2019

ހދ. ކުޅުދުއްފުށީ ގެއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގާ އެ ގެއަށް ގެއްލުން ތަކެއް ލިބިއްޖެ އެވެ. މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން މިއަދު ބުނީ، ކުޅުދުއްފުށީ ކަކާގޭގައި ހުރި ސައިކަލެއްގައި ރޯވުމުން ފުލުހުން އެ ސަރަހައްދަށް ދިޔަަ އިރު ސައިކަލުގެ އިތުރުން އެ ގޭގެ އަސްކަނިގެ ސީލިންގާއި ރަށުޕިކަޕެއްގައި ރޯވެ އަނދާފައިވާ ކަމަށެވެ.

އެ ހާދިސާގައި އަލިފާން ނިއްވާލ،ީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ނެވެ.

ރޭގެ އަލިފާނުގެ ސަބަބުން އެ ގެއާ ޖެހިގެން ހުރި ގެއަށްވެސް އަލިފާނުގެ އަސަރު ކޮށް ގެއްލުންވެފައި ވެއެވެ.