މާލޭ ބޮޑުތަކުރުފާނު މަގުން ދުއްވި ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު މެންދުރެއްހާއިރު ބޮޑުތަކުރުފާނު މަގު އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގެ މުއްގަނޑުގައި އެހެން ސައިކަލެއް އަޅައިގަނެގެ ދެ ސައިކަލް ވެއްޓުނު ވަގުތު އެކަކަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އަންހެން މީހާއަށް ލިބުނު އަނިޔާގެ ތަފުސީލް އަދި ސާފެއް ނުވެއެވެ.