ހަބަރު

ހައިވޭގައި ދެ ސައިކަލުޖެހި އެކްސިޑެންޓުވެއްޖެ

Nov 2, 2019
1

މާލެ އާއި ހުޅުމާލެ ހައިވޭގައި ރޭ ދެ ސައިކަލުޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި ރޭ 11:40 ހާއިރު ހައިވޭގައި ހިނގި އެ އެކްސިޑެންޓުގައި އެ ދެ ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލުގެ މުށްގަނޑުގައި އަޅައިގަތުމުގެ ސަބަބުން ކަމަށް ފުލުހުން އިތުރަށް ބުންޏެވެ.

މިދިޔަ އަހަރު ސިނަމާލޭ ބްރިޖާއި ހައިވޭ ހުޅުވި ފަހުން ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ވަނީ ހިނގައިފަ އެވެ. ދުއްވާ މީހުންގެ ސަލާމަތަށްޓަކައި މިދިޔަ އޭޕްރީލް މަހުން ފެށިގެން ސައިކަލުގައި ބްރިޖަށް އަރާއިރު ހެލްމެޓް އެޅުން ވަނީ މަޖުބޫރު ކޮށްފަ އެވެ.