ހަބަރު

ވޯލްޑް ޓްރެވަލް މާކެޓް ލަންޑަނުގައި ފަށައިފި

ޑަބްލިއުޓީއެމްގައި ރާއްޖޭގެ ވަފުދު
0%
0%
0%

ރާއްޖެ އިސްތިހާރު ކުރުމަށް އިނގިރޭސިވިލާތުގެ ލަންޑަނުގައި، ވޯލްޑް ޓްރެވަލް މާކެޓު އިއްޔެ ފަށައިފި އެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އިނގިރޭސިވިލާތުގައި މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ރާއްޖެ އިސްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ އެވެ. މިއީ މި ފެއާ ބާއްވަމުން ގެންދާތާ 40 ވަނަ އަހަރެވެ.

ރާއްޖޭގެ ފަރާތުން މި ފެއާގައި ބައިވެރިވާ ވަފުދުގެ އެންމެ އިސް ބޭފުޅަކީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދެވެ. މީގެ އިތުރުން ދާއިރާގެ 63 ކުންފުންޏެއްގެ 163 މަންދޫބުން ބައިވެރިވެ އެވެ.

އެމްއެމްޕީއާރްސީން ބުނީ މި ފެއާ ކުރިއަށްދާއިރު ރާއްޖޭގެ ވަފުދު، ފަތުރުވެރިކަމުގެ ދާއިރާގެ އެކި ގައުމުތަކުގެ ތަޖުރިބާކާރުންނާ ބައްދަލުކޮށް ފަތުރުވެރިކަން ތަރަައްގީކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

މި ފެއާގައި ހުންނަ ރާއްޖޭގެ ސްޓޯލްތަކުގައި ރާއްޖެ ތަމްސީލުކޮށް އެކި ހަރަކާތްތައް ކުރިއަށްގެންދެ އެވެ. އެގޮތުން، "ދި ޓިއުން ބޭންޑު"ގެ ލައިވް ހުށަހެޅުންތަކާއި ދިވެހި ކާބޯތަކެތީގެ އުފެއްދުންތަކުން ރަހަ ދެއްކުމާއި ޓެކްނޮލޮޖީގެ އެހީިގައި ރާއްޖޭގެ ރީތިކަން ވަގުތުން ބަލާލުމުގެ ފުރުސަތުވެސް ފަހިކޮށްދޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން، މި ފެއާ އާ ގުޅުވައިގެން އިނގިރޭސިވިލާތުގެ މެންޗެސްޓާ އާއި ގްލާސްގޯ އާއި ޑަބްލިންގައި "ޖާނީ ޓު ދަ ސަނީ ސައިޑް އޮފް މޯލްޑިވްސް" ގެ ރޯޑް ޝޯ އެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. ފަތުރުވެރިކަމުގެ ދާއިރާގެ 16 ކުންފުންޏާއެކު މި ރޯޑް ޝޯ ކުރިއަށްގެންދާނީ ބުރާސްފަތި އަދި ހުކުރުގަ އެވެ.

އިނގިރޭސިވިލާތަކީ ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ފަސް ވަނަ ގައުމުގެ ގޮތުގައި މި އަހަރުގެ ރިކޯޑުތަކުން ދައްކަ އެވެ. މިއީ ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޖުމްލަ ނިސްބަތަށް ބަލާއިރު 7.3 ޕަސެންޓެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345