ހަބަރު

މަރަދޫ ބަނދަރުގެ ބޭރުތޮށި ޖަހަން ފަށައިފި

ސ. މަރަދޫ ބަނދަރުގެ ބޭރުތޮށި ޖެހުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ މި ޕްރޮޖެކްޓަށް ބޭނުންވާ އެންވަޔަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ ހުއްދަ ލިބުނީ އޮކްޓޯބަރު މަހުގެ 31 ގައި ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އީއައިއޭ ރިޕޯޓު ލިބުމާއެކު އަމަލީ މަސައްކަތް މި މަހުގެ ތިނެއްގައި ވަނީ ފަށާފަ އެވެ.

މަރަދޫ ބަނދަރުގެ ބޭރުތޮށި ޖެހުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކޮށް ސޮއި ކޮށްފައިވަނީ މި އަހަަރު ޖޫން މަހު އެވެ.

މި މަޝްރޫއުގެ ދަށުން މަރަދޫގައި 18،873 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 276 މީޓަރުގެ އެއްގަމު ތޮށި ލުމާއި 340 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހަން ވަނީ އެއްބަސް ވެފަ އެެވެ. މިއީ 28 މިލިއަން ރުފިޔާގެ ގެ ޕްރޮޖެކްޓެކެވެ. މަޝްރޫއު ފުރިހަމަކުރަން އެ ކުންފުންޏަށް ދީފައިވަނީ 165 ދުވަހެވެ.