ވިޔަފާރި

އަންނަ އަހަރު ޑަބްލިއުޓީއެމްގައި މޯލްޑިވިއަން ނައިޓެއް ބާއްވަނީ

Nov 7, 2019
0%
0%
0%

އަންނަ އަހަރު ލަންޑަންގައި ބާއްވާ، ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް) އަށް ދާ ގައުމުގެ ބޮޑެތި ވިޔަފާރިވެރިންނާއެކު މޯލްޑިވިއަން ނައިޓް ބާއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ލަންޑަންގެ، އެކްސެލް ލަންޑަންގައި އިއްޔެ ނިމިގެން ދިޔަ ޑަބްލިއުޓީއެމް ފެއާއަށް ލަންޑަނަށް ވަޑައިގެން ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވަނީ އިނގިރޭސި ޕާލިމެންޓުގެ މެންބަރުންނާއާއި އިނގިރޭސި ޕާލިމެންޓަށް ޒިޔާރަތް ކުރައްވާފަ އެވެ. މި ބައްދަލުވުންތަކުގައި ރާއްޖެއަށް އެކި ރޮނގުތަކުން އެހީތެރިކަން ހޯދަން މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުވުންތަކާ ބެހޭ ގޮތުން، މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ޑަބްލިއުޓީއެމް ފެއާއާ ދިމާކޮށް ލަންޑަންގައި ދިވެހި ސަގާފީ ކުލަތަކާއެކު މޯލްޑިވިއަން ނައިޓެއް ބާއްވަވާނެ ކަމަށެވެ.

"މި ފެއާ [ޑަބްލިއުޓީއެމް] ގައި އިތުރަށް ވަރުގަދަ ވާން ވިސްނުން އެބަހުރި މޯލްޑިވިއަން ނައިޓެއް ބާއްވަން. ރާއްޖެއަށް އެހީތެރިކަންދޭ ފަރާތްތަކާއި އެމްއެމްޕީއާރްސީ ގުޅިގެން ބާއްވަން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުމުގައި ފުޓުބޯޅައި ދާއިރާ އިން އެއްބާރުލުން ހޯދުމަށް ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. މީގެ އިތުރުން އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި ރާއްޖެ އޮތްއިރު، ތިބި ބައެއް މީހުން ރާއްޖެ އައިސް އައްޑޫގައި ބާއްވާ "ރީޔޫނިއަން" އިވެންޓަށް ތައްޔާރުވުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345