އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު ބާސާ ރައީސްއާ ބައްދަލު ކުރައްވައިފި

ބާސެލޯނާ އިން: މުހައްމަދު އަފްރާހު
Nov 10, 2019
4

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ބާސާގެ ރައީސް ޖޯސެފް މާރިޔާއާ ބައްދަލު ކުރައްވައިފި އެވެ.

ރާއްޖޭގެ އިޝްތިހާރު ޖަހައިގެން، ސެލްޓަ ވީގޯ ކުޅުނު ފުރަތަމަ މެޗު ބައްލަވާލަން ބާސާގެ ކޭމްޕް ނޯއަށް ރޭ ކުރެއްވި ޒިޔާރާތުގައި ދުނިޔޭގެ އެންމެ ބޮޑު ކްލަބް ބާސެލޯގެ ރައީސް ޖޯސެފް މާރިޔާއާ ބައްދަލު ކުރައްވައި، ރާއްޖެ އަށް ޒިޔާރަތް ކުރައްވަން ވަނީ ދައުވަތު ދެއްވާފަ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ބާސާގެ ރައީސްއާ ބައްދަލު ކުރެއްވުމުގައި އެސްޓަ ވީގޯގެ ރައީސް ރައީސް ކާލޯސް މޮއުރީނިއޯ ވެސް ބައިވެރިވަޑައި ގަތެވެ.

ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން، ރާއްޖެއިން ފުރަތަމަ ފަހަރަށްވަނީ ލަ ލީގާގެ ސެލްޓަ ވީގޯގައި ސްޕޮންސާއެއް ޖަހާފަ އެވެ. ރާއްޖެއިން ސެލްޓާއާއެކު ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހަށެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 ޑޮލަރު ރާއްޖެ ހަރަދު ކުރާނެ އެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެއިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެއިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.