ހަބަރު

ޕްރިންސިޕަލަކު ދަރިވަރަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއް ބަލަނީ

Nov 12, 2019
5

އުތުރުގެ ރަށެއްގެ ސްކޫލްގެ ޕްރިންސިޕަލް، އެ ސްކޫލްގެ ދަރިވަރަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއް ފުލުހުންނާއި ޖެންޑާ މިނިސްޓްރީއިން ބަލަން ފަށައިފި އެވެ.

މިކަން ފުލުހުން ޔަގީންކޮށްދެ އެވެ. ފުލުހުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ރަށުގެ މައުލޫމާތު ހާމަނުކޮށް ފުލުހުން ބުނީ، އުތުރުގެ ރަށެއްގެ ޕްރިންސިޕަލަކު ދަރިވަރަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.

އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު މިއަދު އަވަސްއަށް ބުނި ގޮތުގައި އެކަން ހިނގާފައިވަނީ މިއަދު އެވެ. ޕްރިންސިޕަލް ވަނީ ދަރިވަރަށް އޭނާގެ ޖިންސީ ގުނަވަން ދައްކާފަ ކަމަށެވެ. އެހެންވެ އެ މައްސަލަ ބެލުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީއިން ސްކޫލަށް ދިޔަ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ މިހާރު އިތުރުވަމުންދާ މައްސަލަތަކެވެ.