ހަބަރު

ތުހުމަތުވި ފިޒިއޮތެރަޕިސްޓު ސަސްޕެންޑު ކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލަށް ފިޒިއޮތެރަޕީ ހަދަން ދިޔަ އަންހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުވި ފިޒިއޮތެރަޕިސްޓު ވަޒީފާގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށްފި އެވެ.

އެ ހޮސްޕިޓަލުގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ، 19 އަހަރުގެ އަންހެނަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުވި ފިޒިއޮތެރަޕިސްޓާ މެދު ފިޔަވަޅު އަޅަން ނިންމާ މަސައްކަތުން މިހާރު އެކަހެރިކޮށްފައިވާ ކަމަށެވެ. މައްސަލައިގައި ތުހުމަތު ކުރަނީ އެ ހޮސްޕިޓަލުގައި ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ އިންޑިއާގެ އުމުރުން 28 އަހަރުގެ ފިރިހެނަކަށެވެ.

"ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތަށް މިހާރު ވަނީ އެ މުވައްޒަފު ވަޒީފާއިން އެކަހެރިކޮށްފައި... އެ މައްސަލަ ހުށަހެޅުމާއެކު މެނޭޖްމަންޓުން ނިންމީ ވަޒީފާއިން އެކަހެރި ކުރަން" އެ އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލަ ފުލުހުން މިހާރު ބަލަމުން އަންނަ އިރު، ފުލުހުން ބުނެފައިވަނީ މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަވަނަ ދުވަހު އެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އައިޖީއެމްއެޗުން މި މައްސަލަ އާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ މީހާއަށް ތުހުމަތު ކުރި ދުވަހު ހޮސްޕިޓަލަށް ބަޔަކު ވަދެ ފިޒިއޮތެރަޕިސްޓަށް އަނިޔާކޮށް މާރާމާރީ ހިންގި ކަމަށެވެ. އަދި ހަމަލާދީ އެކަން ކުރި ކަމަށް އެއްބަސް ކުރުވަން މަސައްކަތް ކުރުމުން އެ މައްސަލަ އައިޖީއެމްއެޗުން ވަނީ ފުލުހުންނަށް މިހާރު ހުށަހަޅާފަ އެވެ.

"... މުވައްޒަފަށް ބިރުދައްކާ އަނިޔާކުރުމަށްފަހު މިފަދަ އަމަލެއް ހިންގި ކަމަށް އެއްބަސްކުރުވައި ވީޑިއޯއެއް ރެކޯޑުކޮށްފައިވާ ކަންވެސް ފާހަގަ ކުރަން" ބަޔާނުގައި ވެ އެވެ.

އިތުރަށް ވިދާޅުވީ، މިފަދަ މައްސަލަތަކަކީި ސީރިއަސް މައްސަލަތަކަށް ވުމުން މިފަދަ ކަންކަން ބަލަނީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކަމަށެވެ.