ހަބަރު

އެމް7 ގެ ބުކްޝޮޕެއް ހުޅުމާލޭގައި ހުޅުވައިފި

އެމް7 ގެ ބުކްޝޮޕެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭގައި ހުޅުވި، އެމް7 ބުކްޝޮޕް ހުންނާނީ ހުޅުމާލޭ ނިރޮޅު މަގު ހަތް ނަންބަރު ގޯޅީގަ އެވެ.

އެމް7 އިން ބުނީ ހުޅުމާލޭގައި ބުކްޝޮޕެއް ހުޅުވީ، ސްކޫލް ބަންދު ސީޒަންގައި ހުޅުމާލެއިން ފަސޭހަ ކަމާއެކު ފޮތް ލިސްޓަށް ފޮތް ލިބޭނެ އިންތިޒާމު ހަމަޖެއްސާށެވެ. އަމާޒަކީ ވިހާ ވެސް ފަސޭހައިން ފޮތް ލިސްޓާއި ކިޔެވުމަށް ބޭނުންވާ ސާމާނު ލިބޭނެ ގޮތް ހަމަޖައްސައި ދިނުމެވެ.

އެމް7 ގެ ފޮތް ސީޒަން ތަފާތު ކުރުމަށް ރާއްޖޭގެ ބޮޑެތި ސަރަހައްދުތަކުން ވައުޗަރަށް ފޮތް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމައްސައިފަ އެވެ.

އެމް7 ޕްރިންޓަކީ ރާއްޖޭގެ ބައެއް ޓެކްސްޓް ފޮތްތައް ލިޔެ އުފައްދާ ޗާޕްޚާނާ އެވެ.