ރައީސް އަބްދުﷲ ޔާމީން

"އެމްއެމްޕީއާރުސީގެ މައްސަލަ ބަލާނެ ހިތްވަރެއް ފުލުހުންގެ ނެތް"

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ އެންމެ ފުންމިނާ ހަމައަށް ވާސިލްވުމުގެ ގާބިލްކަމެއް، ހިތްވަރެއް ފުލުހުންގެ ނުހުންނާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

"ހިބަރު ވަދު" މިނަމުގައި އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ ހުރީ ވަކި ބައެއްގެ މައްސަލަތައް ބެލުމުގެ ގާބިލްކަން އެކަނި ކަމަށެވެ. ގައުމުގައި ހިނގާދިޔަ ބޮޑެތި އެތައް ކަމެއްގެ މައްސަލަތައް ބެލުމަށް ފުލުހުން ތިބީ ނުކުޅެދިފައި ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ ޖެހިގެން އައި ދުވަހު މުޅި ރާއްޖޭގައި ހުޅުޖަހާ އެތައް މުދަލަކަށް ގެއްލުންދިން މައްސަލަ ބަލާނެ ހިތްވަރު ފުލުހުންގެ ނުހުންނާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ހިނގާދިޔަ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ބަލަންވެސް މި ސަރުކާރަށް ނުކުރެވޭނެ ކަމަށެވެ.

"ކީއްވެތޯ ތަހުގީގުކުރާއިރު ވަކި މައްސަލަތަކެއް ތަހުގީގު ނުކުރެވިގެން މި އުޅެނީ. އަޅުގަނޑުމެން އެންމެ އުނދަގޫވާ އެއް މައްސަލައިގެ ގޮތުގައި މި އޮތީ އެމްއެމްޕީއާރުސީގެ މައްސަލަ. ދަރުމަވާނެ މި މައްސަލަ [އެމްއެމްޕީއާރުސީގެ ޚިޔާނަތް] ބަލާ ނިންމަންވީނުތޯ. ހަމަ ގޮންޖަހާފަ މި ދެންނެވީ ފުލުހުންނަށް މި މައްސަލަ ތަހުގީގު ކުރުމުގެ ގާބިލްކަމެއް ކެރުންތެރިކަމެއް އެމީހުންގެ ކިބައިގައި ނުހުންނާނެ އެމީހުންގެއެއް. މައްސަލައެއް ތަހުގީގެއް ނުކުރެވޭނެ." ރައީސް ޔާމީން ވިދާޅުވިއެވެ. "އެއީ މި މައްސަލައިގެ އެންމެ ގިނަ 'ވަގު' ފައިސާ ނެގީ ކޮންބައެއްކަން އެބަ އެނގޭ. އެމްއެމްއޭގެ ގަވަރުނަރު އިސްތިއުފާދީފައި ނިކުމެ ބުނީ އެންމެ ގިނަ، އެންމެ ގިނަ ވަގު ފައިސާ ނެގި މީހުން ތިބީ މި ސަރުކާރުގައޭ. އަދި މި ސަރުކާރު ދިފާއުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބި އެމްޑީޕީގެ މެންބަރުންނޭ އެންމެ ގިނަ 'ވަގު' ފައިސާ ނެގީ. އެހެންވީމަ ކިހިނެތް މި މައްސަލަ ތަހުގީގު ކުރާނީ. މި މައްސަލަ ތަހުގީގެއް ނުކުރެވޭނެ. މި މައްސަލައިގެ އެންމެ ފުންމިނާ ހަމައަށް ވާސިލްވުމުގެ ގާބިލްކަމެއް ހިތްވަރެއް، ފުލުހުންގެ ނުހުންނާނެ."

އަޅުގަނޑުމެން އެންމެ އުނދަގޫވާ އެއް މައްސަލައިގެ ގޮތުގައި މި އޮތީ އެމްއެމްޕީއާރުސީގެ މައްސަލަ. ދަރުމަވާނެ މި މައްސަލަ [އެމްއެމްޕީއާރުސީގެ ޚިޔާނަތް] ބަލާ ނިންމަންވީނުތޯ. ހަމަ ގޮންޖަހާފަ މި ދެންނެވީ ފުލުހުންނަށް މި މައްސަލަ ތަހުގީގު ކުރުމުގެ ގާބިލްކަމެއް ކެރުންތެރިކަމެއް އެމީހުންގެ ކިބައިގައި ނުހުންނާނެ އެމީހުންގެއެއް. މައްސަލައެއް ތަހުގީގެއް ނުކުރެވޭނެ
އަބްދުﷲ ޔާމީން | ކުރީގެ ރައީސް
އެމްއެމްއޭގެ ގަވަރުނަރު އިސްތިއުފާދީފައި ނިކުމެ ބުނީ އެންމެ ގިނަ، އެންމެ ގިނަ ވަގު ފައިސާ ނެގި މީހުން ތިބީ މި ސަރުކާރުގައޭ. އަދި މި ސަރުކާރު ދިފާއުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބި އެމްޑީޕީގެ މެންބަރުންނޭ އެންމެ ގިނަ 'ވަގު' ފައިސާ ނެގީ. އެހެންވީމަ ކިހިނެތް މި މައްސަލަ ތަހުގީގު ކުރާނީ. މި މައްސަލަ ތަހުގީގެއް ނުކުރެވޭނެ. މި މައްސަލައިގެ އެންމެ ފުންމިނާ ހަމައަށް ވާސިލްވުމުގެ ގާބިލްކަމެއް ހިތްވަރެއް، ފުލުހުންގެ ނުހުންނާނެ
އަބްދުﷲ ޔާމީން | ކުރީގެ ރައީސް

ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މަރުކަޒު މިއަދު ސިޔާސީ ތަނަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި ދުވާލު ހަތަރުދަމު ފުލުހުންގެ މަސައްކަތަށް ވެފައިވަނީ އިދިކޮޅު މީހުންގެ މައްސަލައެއް ފެނޭތޯ ބެލުން ކަމަށް ޔާމީން ވިދާޅުވިއެވެ.

"ފުލުހުންގެ މަރުކަޒަކީ މިހާރު 24 ގަޑިއިރު ސިޔާސީ މަސައްކަތްކުރާ، ސިޔާސީ އިދިކޮޅުގައި ތިބި އަޅުގަނޑުމެން ކަހަލަ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ތަނަކަށް ވެއްޖެ. އެއީ ރައްޔިތުންގެ އަމަން ބަލަހައްޓާ ތަނެއްތޯ އަޅުގަނޑު ސުވާލުކުރަން. އަޅުގަނޑު ހަމަ ގޮންޖަހާލާފައި މި ދަންނަވަނީ ފުލުހުން މިހާރު ކުރަމުން އެދާ މަސައްކަތަކީ އިދިކޮޅުގައި ތިބި މީހުން ކުރާ މަސައްކަތުން ކޮންމެވެސް ކަހަލަ ނުރަނގަޅު ކަމެއް އޮތްތޯ އަދި އެއިން މީހަކު ޝަރީއަތުން ހުކުމެއްކޮށްފައި ޖަލަށް ލެވޭނީ ކިހިނެތްތޯ ބެލުމުގެ މަސައްކަތް. އަޅުގަނޑެއް ނުދެކެން މި ސަރުކާރަށްވުރެ ބޮޑަށް ފަނޑިޔާރު ގެއަށް އަތްބޭނި ސަރުކާރެއް." ރައީސް ޔާމީން ވިދާޅުވިއެވެ.

ފުލުހުންގެ މަރުކަޒަކީ މިހާރު 24 ގަޑިއިރު ސިޔާސީ މަސައްކަތްކުރާ، ސިޔާސީ އިދިކޮޅުގައި ތިބި އަޅުގަނޑުމެން ކަހަލަ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ތަނަކަށް ވެއްޖެ. އެއީ ރައްޔިތުންގެ އަމަން ބަލަހައްޓާ ތަނެއްތޯ އަޅުގަނޑު ސުވާލުކުރަން. އަޅުގަނޑު ހަމަ ގޮންޖަހާލާފައި މި ދަންނަވަނީ ފުލުހުން މިހާރު ކުރަމުން އެދާ މަސައްކަތަކީ އިދިކޮޅުގައި ތިބި މީހުން ކުރާ މަސައްކަތުން ކޮންމެވެސް ކަހަލަ ނުރަނގަޅު ކަމެއް އޮތްތޯ އަދި އެއިން މީހަކު ޝަރީއަތުން ހުކުމެއްކޮށްފައި ޖަލަށް ލެވޭނީ ކިހިނެތްތޯ ބެލުމުގެ މަސައްކަތް. އަޅުގަނޑެއް ނުދެކެން މި ސަރުކާރަށްވުރެ ބޮޑަށް ފަނޑިޔާރު ގެއަށް އަތްބޭނި ސަރުކާރެއް
އަބްދުﷲ ޔާމީން | ކުރީގެ ރައީސް

އެމަނިކުފާނު ވިދާޅުވީ މިހާރުވެސް 257 މައްސަލައެއް ބަލަން އެބައޮތް ކަމަށާ ނަމަވެސް ފުލުހުން ތިބީ އެ މައްސަލަތައް ބަލާ ގޮތަށް ނޫން ކަމަށެވެ.

ނަމަވެސް ދެން އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި ހުރިހާ މައްސަލަތައް "އެފުށް މިފުށައް" ޖަހައިގެން ބަލާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަވެސް ބެލޭނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށްވެސް ވިދާޅުވިއެވެ.