ވިޔަފާރި

ސެލްޓަ އިޝްތިހާރުގެ މީޑިޔާ ވިއު 9.5 މިލިއަނަށް އަރާ: އަލީ ވަހީދު

ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން އައުން ފާހަގަ ކުރަން މިއަދު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ވަހީދު -- ސަލްވީން | އަވަސް
100%
0%
0%

ސްޕެއިންގެ، ސެލްޓަ ވީގޯގެ ޖޯޒީގައި ރާއްޖޭގެ އިޝްތިހާރު ޖެހުމުން ލިބުނު މީޑިޔާ ވިއު 9.5 މިލިއަނަށް އަރާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް 1.5 މިލިއަން ޓޫރިސްޓުން އައުން ފާހަގަ ކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވިދާޅުވީ ސެލްޓަ ވީގޯގެ ޖޯޒީގައި އިޝްތިހާރު ޖެހުމުން ދުނިޔޭގެ އެކި ހިސާބުތަކުން ބޮޑު ސަމާލު ކަމެއް ރާއްޖެ އަށް ލިބިފައިވާ ކަމަށެވެ.

"ޓޫރިޒަމް ޑައިވާސިފައި ކުރަން މިކުރާ މަސައްކަތުގެ އިމްޕެކްޓް ފެނިގެން ދާނެ. ސެލްޓަ ވީގޯގައި އިޝްތިހާރު ޖެހީމަ، ލިބުނު މީޑިޔާ ރިވިއުގެ ތަފުސީލް މިހާރު ވަނީ ލިބިފައި. ވަރަށް އަވަހަށް އޭގެ ތަފުސީލް އަޅުގަނޑުމެން ހާމަ ކުރާނަން. ވޯލްޑް ވައިޑް ވިއުސް 9.5 މިލިއަންއަށް އަރާ،" އަލީ ވިދާޅުވި އެވެ.

ރާއްޖެ އިން ސެލްޓާއާއެކު ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހަށެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 ޑޮލަރު ރާއްޖެ ހަރަދު ކުރާނެ އެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެ އިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެ އިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބުނަންތޯ

ޤަޢުމެއްގެ މަދުމީސްކޮޅެއް ސަޕޯޓުކުރާ ޓީމުގަނޑަކަށް މީނަ ހަމަ އެވަރެއް ނެތޭކިޔާފަ އެޓީމާ ޑީލު ހެދީމަ އެވަރެއް ނޯންނާނެ. ހަޤީގަތަކީ މިކަންތަށް ކުރެވެނީ ބޮޑު އެއްކޭކު ހޯދައިގެން އެއްކަލަ ރައީސްއަށް ބައިއެޅި އަދި އެހެން އެހެން އިއްޒައްތެރިންނޭ ކިޔާ ބައިގަނޑައްވެސް ބައިއެޅިގެން އެހެންވެ މިކަމަކަށް އަހަރުމެންކަހަލަ ބަޔަކަށް މިކަހަލަ ކޮމެންޓެއް ކޮއްލުމުގެ އިތުރުން ކުރެވޭނެ ކަމެއް ނޯންނާނެ.

ނަސީދު

ރައްއިތުންގެ ޓެކްސް ލާރި މިގޮތައްބޭކާރު ކުރެވޭއިރު ރައްއިތުންގެ މަޖިލީސް ކޮބާ ނިދާފައި

ނަން

ސާޗް އިންޖިން އަށް ތިވަރު ޚަރަދު ކުރިނަމަ ތިއަށް ވުރެ ގިނަ ވިޔުވަރ ލިބޭނެ ކަން ގެރެންޓީއެވެ. ޔޫޓިއުބް، އިންސްޓަރ ގުރާމް، ފޭސްބުކް، އަދި ވެބްސައިޓްތަކަށް އޮންލައިން ކޮއް ޓާގެޓަޑް އިސްތިހާރު ކުރެވޭނެއެވެ. ރާއްޖެއަށް އަންނާނެ ވަރު މީހުން ބަލާފަ އެ މީހުންނަށް އެޑްވަޓައިޒް ކުރެވޭނެއެވެ. މި އަކީ ބޭކަރު ގޮތުގައި މި ކަލޭގެ އަމިއްލެ ފައިދާ އަށް ކޮއްފަ ހުރި ކަމެކެވެ. މީނަގެ ކުޅިވަރު ކެރިއަރ އުޖާލާ ކުރުމަށްށެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345