ހަބަރު

ގެމަނަފުށީގައި ރަސޫލު ކަމަށް ދައުވާ ކުރާ ކަމަށް ބުނާ މައްސަލަ ބަލަނީ

ގެމަނަފުށި--
0%
0%
0%

ގެމަނަފުށީގައި ބަޔަކު ރަސޫލު ކަމަށް ދައުވާ ކުރާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، ރަސޫލު ކަމަށް ދައުވާކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ދައުރުކުރަމުންދާތީ ބައެއް ފަރާތްތަކުން ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

"އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން އަންނަނީ ބަލަމުން،" ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި، "ގެމަނަފުށިން ބަޔަކު މީހުން ރަސޫލު ކަމަށް ދައުވާ ކުރަނީ،" ކަމަށް ލިޔެ ޕޯސްޓު ކޮށްފައިވަނީ އެ ރަށުގައި ކުރިން ކައުންސިލް މެމްބަރުކަން ކުރި މީހެކެވެ.

ގެމަނަފުށި ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވި ގޮތުގައި އެ ޕޯސްޓު ކުރި ކަމުގައިވިޔަސް މިހާރު ވަނީ އެ ފަރާތުން ޕޯސްޓު ޑިލީޓް ކޮށްފަ އެވެ. އެހެންނަމަވެސް، ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަން ކައުންސިލަށް އަންގާފައިވާކަން ފާހަގަ ކުރި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345