ހަބަރު

މަސް ހިފަން ދިޔަ މީހެއް ގެއްލިގެން ހޯދަނީ

ގދ. މަޑަވެލިން އެކަނި މަސްހިފަން ފަރުމައްޗަށް ދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، މިއަދު މެންދުރު 1:30 ހާއިރު މަސް ހިފަން ދިޔަ ދިވެއްސެއް ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެމީހާ އަކީ އުމުރުން 72 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެ އެވެ.

އަދި، އެމީހާ މަސްހިފަން ގޮސްފައިވަނީ މަސް ހިފާ ދަލެއް ހިފައިގެން އެކަނި ރަށުގެ ފަރުމައްޗަށް ކަމަށް މައުލޫމާތު ލިބުން ކަމަށްވެސް ފުލުހުން ބުންޏެވެ.

މަޑެވެލި ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ގެއްލިގެން ހޯދަނީ، މަޑަވެލި ގަމަރީގޭގައި ދިރިއުޅެމުން އަންނަ ދަފުތަރު ނަންބަރު 3476، މުހައްމަދު ސައީދު އެވެ.