އަލްއަމީރާ އަނީސާ ނޫރައްދީން ސްރީލަންކާގައި މިއަދު އަވަހާރަވެއްޖެ އެވެ.
އެކަމަނާ އަވަހާރަވި އިރު އުމުރުފުޅަކީ 85 އަރެވެ. އެ ކަމަނާއަކީ ރާއްޖޭގައި ރަސްކަން ކުރެއްވި ހަސަން ނޫރައްދީން ދެވަނަ ގެ ދަރިކަނބަލުންނެވެ. އަދި އެކަމަނާއަކީ ސައްޔިދު އަލީ އާއި ސައްޔިދު ހަސަނާއި ކުރީގެ ފުލުސް ކޮމިޝަނަރު އަހްމަދު ފަސީހުގެ ވެސް މަންމާފުޅެވެ.
ނޫރައްދީން ރަދުންގެ ދެވަނައިގެ ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ޒަރީނާ ނޫރައްދީނާއި ތާނގިދޮށުގޭ މުހައްމަދު ނޫރައްދީނެވެ.