މަރު

ކޮޓަރިއެއްގެތެރޭ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

Dec 2, 2019

މާފަންނު ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ވަކި ގެއެއް ހާމަކޮށް ނުކޮށް ފުލުހުން ބުނީ ގެއެއްގެ ކޮޓަރީއެއްގެ ތެރޭގައި އޮތް މީހެއްގެ ހަބަރެއް ނުވެގެން މިއަދު 10:19 ގައި އެމްއެންޑީއެފުން ފުލުަހަށް ރިޕޯޓް ކުރި ކަމަށެވެ. އަދި ފަހުން ބެލި އިރު އެމީހާ މަރުވެފައިވާ ކަމަށް އޭޑީކޭ ޕެރަމެޑިކް ޑޮކްޓަރުން ފުލުހަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މަރުވެފައި ވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ، އޭނާ އޮތް ގޭގެ ސިޑި ހުރި ގޮތުން އެ މީހާ ގޭގެ ތިިރިއަށް ބާލަން ދަތި ވެގެން އެ މީހާ ބޭލީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއޫގެ ޓީމަކާއި ފުލުހުން އެކުވެގެނެވެ.