ފޭރުން

މާލޭ މަގުމަތީ މީހަކަށް ހަމަލާދީ ފޭރިގަނެފި

Dec 3, 2019
1

އަމީރު އަހުމަދު މަގު، މަޖީދިއްޔާ ސްކޫލު ކައިރިން މީހަކަށް ހަމަލާދީ ފޭރިގަނެފި އެވެ.

ފުލުހުން ބުނި ގޮތުގައި މިއަދު މެންދުރުފަހު މީހަކަށް ހަމަލާދީ އޭނާ މަގުމައްޗަށް ވައްޓާލާފައިވާ ކަމަށެވެ. އަދި އޭނާގެ އަތުގައި އޮތް 2،800 ޑޮލަރާއި ފޯނު ފޭރިގަނެފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން ދިޔަ ނަމަވެސް މިހާތަނަށް އެކަން ކުރި މީހާ އަތުލައިގަނެވިފައެއް ނުވެ އެވެ.

މަގުމަތިން ހަމަލާދީ ފޭރިގަންނަ މައްސަލަތައް ވެސް މާލޭގައި ދަނީ އިތުރަވަމުންނެވެ.