ހަބަރު

އެކްސިޑެންޓެއްވުމުން މަރުގެ އިންޒާރު ދިން މީހެއް ހައްޔަރުކޮށްފި

މީގެ ކުރިން މާލޭގައި ސައިކަލަކާއި ޕިކަޕެއް ޖެހިގެން ހިނގި އެކްސިޑެންޓެއް: އޭގެ އެކްސިޑެންޓަކާ ގުޅިގެން މީހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފައިވޭ
0%
0%
0%

ސައިކަލަކާއި ޕިކަޕާ ޖެހި ހިނގި އެކްސިޑެންޓަކާ ގުޅިގެން ހިނގި ހަމަނުޖެހުމެއްގައި ޕިކަޕް ޑްރައިވަރަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަން ފަށައި އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މިއަދު އެ އެކްސިޑެންޓް ހިންގީ ހަވީރު ހަތަރެއް ޖަހާކަށް ހާއިރު ކަމަށާއި އެ އެކްސިޑެންޓާ ގުޅިގެން ޕިކަޕް ޑްރައިވަރަށް އިންޒާރު ދިނީ ސައިކަލު ފަހަތުގައި އިން 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ޕިކަޕްގައި ފައިން ޖަހާފައިވެސްވާ ކަމަށާއި މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ.

ސައިކަލު ދުއްވި 24 އަހަރުގެ ފިރިހެން މީހާއާއި ޕިކަޕް ޑްރައިވަރު އަތުގައި ވެސް ލައިސަންސް އޮތް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ޕިކަޕް ޑްރައިވަރަކީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި އެކްސިޑެންޓްގައި އެއްވެސް އުޅަނދަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް އަދި ސާފެއް ނުވެ އެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345