މާލޭ ފިހާރައެއް ކައިރީ ދަތް ދަގަނޑެއް ހިފައިގެން ހުރި ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ މެންދަމުގެ ވަގުތެއްގައި މާފަންނު ފުލުހުން މާލެ ތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، މާވެޔޮ މަގުގައި ހުރި ފިހާރައެއް ކައިރީ ހުރި މީހެއްގެ އަމަލުތައް ހުރި ގޮތުން ޝައްކުފެދިގެން އޭނާ ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ އަތުން ދެ ފޫޓުގެ ދަތް ދަގަނޑެއް ފެނިފައިވާ ކަމަށާއި އެ މައްސަލާގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ހައްޔަރުކޮށްފައި ވަަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.