ހަބަރު

ހަރުކަށި ފިކުރު ފަތުރާ ކަމަށް ބުނެ މަޑުއްވަރީ ބައެއް ގެތަކަށް ފުލުހުން ވަދެއްޖެ

Dec 18, 2019
8

ރ. މަޑުއްވަރީގެ ބައެއް ގެތަކަށް ފުލުހުން ވަދެ ބަލާ ފާސް ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ކުރިޔަށްދާ ކަމަށާއި އެ ރަށުގެ ގެތައް ބަލާ ފާސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ގެތައް ބަލާ ފާސް ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނުބުނެ އެވެ. ފުލުހުން ބުނި ގޮތުގައި އެ މައުލޫމާތު ފަހުން ބަޔާނެއް ނެރެ ހާމަ ކުރާނެ ކަމަށެވެ.

އެ އޮޕަރޭޝަން ހިންގަނީ ސިފައިންނާ ގުޅިގެންކަމަށްވެސް ފުލުހުން އިތުރަށް ބުންޏެވެ.

ނަމަވެސް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އަަވަސްއަށް ވިދާޅުވީ ހަރުކަށި ފިކުރު ގެންގުޅުމާއި ހައްދުފަހަނަ އަޅާ ދިޔުމުގެ ފިކުރު ފަތުރާ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން މަޑުއްވަރީ ގެތަކަށް ވަދެ ބަލާ ފާސް ކުރަމުން އަންނަ ކަމަށެވެ.

"ކޯޓު އަމުރުގެ ދަށުން ފުލުހުން ކުރިޔަށް ގެންދާނީ ބަލާ ފާސް ކުރުމުގެ ކަންކަން، އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރާނެ،" ނަޒީރު ވިދާޅުވި އެވެ.