ހަބަރު

މާމިގިލި ގެއަކުން ބައި ލައްކަ ރުފިޔާ ވަގަށް ނަގައިފި

އދ. މާމިގިލި ގެއަކުން ބައި ލައްކަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ މާމިނގިލީ ގެއަކުން ވައްކަންކޮށްގެން ގާތްގަނޑަކަށް 50،000 އެއްހާ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ރޭ 10:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.