ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންއަށް ހަމަލާ ދޭން މަސައްކަތްކޮށް މަރުގެ އިންޒާރު ދީފި އެވެ.
ހައި ކޯޓުން ބުނީ ޝުޖާއުއަށް މަރުގެ އިންޒާރު ދީފައި ވަނީ މާފުށީގައި އެ ރަށު މެޖިސްޓްރޭޓްއަކާއެކު ކޮފީއެއް ބައްލަވަން އިންދާ ކަމަށެވެ. އަދި އެތަނަށް މީހަކު އައިސް ފަނޑިޔާރަށް ހަމަލާ ދޭން މަސައްކަތްކޮށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ހައި ކޯޓުން ބުންޏެވެ.
އެ މައްސަލަ މިހާރު ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ބަލައިދިނުމަށް އެދި ހައިކޯޓުގެ ފަރާތުން ފުލުސް އޮފީހަށް ސިޓީއެއް ފޮނުވާފައިވާކަން އެ އޮފީހުން ކަށަވަރުކޮށްދެ އެވެ.