ހަބަރު

ހަށިވިއްކުމުގެ ތުހުމަތުގައި ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

Dec 23, 2019
4

ހަށިވިއްކުމުގެ ތުހުމަތުގައި މާލޭގެ ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިއެއް ތެރެއިން ފަސް ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 8:45 ގައި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި ގަލޮޅުގައި ހުރި ދުވަހު ކުއްޔަށް ދޫކުރާ ކޮޓަރިއެއް ތެރޭގައި ހަށިވިއްކަން ތިބިކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ތައިލެންޑު އަދި ލަންކާއަށް ނިސްބަތްވާ ދެ އަންހެނުންނާއި ބަންގްލަދޭޝްގެ ތިން ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.