ފޭރުން

މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލަ ބަލަނީ

Dec 28, 2019
3
ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ އިމާރާތް -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ޗެކްތަކަކަށް ފައިސާ ނަގައިގެން ދިޔަ މީހަކު ރަހީނުކޮށް އެ ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ކުންފުންޏެއްގެ ޗެކްތަކަކަށް ފައިސާ ނަގައިގެން ދިޔަ މީހަކު ރަހީނު ކޮށް، އޭނާއަށް ބިރުދައްކައި އެ ފައިސާތައް ފޭރުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލައި ތަހުގީގު ފަށާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ނުދިނެވެ.

އެނގިފައިވާ ގޮތުގައި ފޭރިފައި ވަނީ ޓުއަރިޒަމް އޮޕަރޭޓްކުރާ ވިޔަފާރި ކުންފުންޏެއްގެ ފައިސާތަކެކެވެ. އަދި އެ ފައިސާ ފޭރުނީ އެ ކުންފުނީގެ ބިދޭސީ މުވައްޒަފަކު އެސްބީއައި އިން ފައިސާ ނަގައިގެން ނުކުތްތަނުން ކާރެއްގައި ކައިރި ކުރި ބަޔަކު ގަދަކަމުން އެ މީހާ ކާރަށް އަރުވައި ރަހީނުކޮށް ތޫނު ހަތިޔާރުން ބިރުދައްކައިގެނެވެ.

ރަހީނު ކުރުމުގެ މި ހާދިސާ ހިނގާފައި ވަނީ) މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މީހާގެ އަތުން ވަނީ 130،000 ރުފިޔާ ފޭރުނެވެ.

މާލޭގައި ވައްކަމާއި ފޭރުން އިތުރުވެފައިވާއިރު، މިއަހަރުގެ ކުރީކޮޅު ވަނީ މިފްކޯގެ ވޭނެއް ހުއްޓުވައި ދެ މިލިއަނަށްވުރެއް ގިނަ ރުފިޔާ ފޭރިގެންފަ އެވެ. އަދި ބީއެޗްއެމް ޓްރޭޑާސްގެ 2.3 މިލިއަންރުފިޔާ ވެސް ވަނީ އެސްބީއައި ކައިރިން ފޭރުނެވެ. އެވެ. އެ ފައިސާތައް ހޯދުނު ކަމެއް އެނގިފައެއް ނުވެއެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345