މާރާމާރީ ހިންގުން

ބިދޭސީ ދެ ގުރޫޕެއް މަރާމާރީ ހިންގާ މީހަކު ޒަހަމްކޮށްލައިފި

Dec 28, 2019
1

ބިދޭސީ ދެ ގުރޫޕެއްގެ މެދު މަރާމާރީ ހިންގައި އޭގެ ތެރެއިން މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިރޭ 7:00 ޖަހާ އެހާކަންހާއިރު މަޖީދީމަގުގައި ބިދޭސީ ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމަށާއި އެ މާރާމާރާގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ނަމަވެސް ސީރިއަސް އަނިޔާއެއް ވެފައި ނެތް ކަމަށެވެ.

"އަނިޔާ ލިބުނު މީހާ ހިމެނޭ ގޮތުން މި މާރާމާރީގައި ޝާމިލްވި ހަތަރު ބިދޭސީން މިހާރު ވަނީ ފުލުހަށް ގެންގޮސްފައި." ފުލުހުން މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

ބިދޭސީ ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީ ހިންގާފައިވާއިރު ރާއްޖޭގައި ބިދޭސީންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެ، އެމީހުންގެ ސަބަބުން އިޖްތިމާއީ ގިނަ މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.