ހަބަރު

އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ރޭ 10:41 ގައި ހުޅުމާލޭ ނިރޮޅުމަގުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ދެ ސައިކަލެއްގެ ތެރެއިން ސައިކަލެއް ޔޫ ޓާނެއް ނަގަން އުޅުމުގެ ތެރޭގައި ދެ ސައިކަލް ޖެހި އަންހެނަކާއި ފިރިހެނަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އަނިޔާ ސީރިއަސް ނޫން ކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލްގައި އިން މީހާއަކަށް އަނިޔާއެއް ނުވެއެވެ. ސައިކަލް ދުއްވި ދެ މީހުން ވެސް ދުއްވީ ލައިސަންސް ނެތި އެވެ.