ފޭރުން

ގެސްޓް ހައުސްއަށް ވައްދާ، ދުވަސްވީ މީހަކު އަތުން ފޭރިއްޖެ

Jan 16, 2020

އުމުރުން ދުވަސްވީ ދިވެހި ފިރިހެނެއްގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 13:45 އެހާކަންހާއިރު މާލޭގެ ގެސްޓް ހައުސްއަކަށް، އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ވައްދާ އޭނާގެ އަތުން 4000 ރުފިޔާ ފޭރިގެންފައިވާ މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އުމުރުން 41 އަހަރުގެ ދިވެހި އަންހެނަކާއި، 34 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ ދެ މީހުން ބަލާފާސް ކުރުމުގެ ތެރޭގައި ފޭރިގެންފައިވާ ކަމަށް ބެލެވޭ 4000 ރުފިޔާ ފިރިހެން މީހާގެ އަތުން ފެނިފަިއވާ ކަމަށެވެ. އަދި އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.