ރައްޔިތުންގެ މަޖިލިސް

ޖިންސީ ގޯނާ ހުއްޓުވަން ކުރާނެ ކަންކަން ކޮމެޓީން ނިންމައިފި

ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ނިންމަން ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން -- ފޮޓޯ: މަޖިލިސް އިދާރާ
50%
0%
50%

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވުމުގެ ގޮތުން ހަ ކަމެއް ކުރަން ކަމާބެހޭ މުއައްސަސާތަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް އޭނާގެ މުނިކާފަ އާއި ކާފަ ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޓީން ރޭ ވަނީ ކަމާބެހޭ މުއައްސަސާތައް ހާޒިރުކޮށް އެ މައްސަލާގައި ސުވާލު ކޮށްފަ އެވެ. އެ ކޮމިޓީގައި މުއައްސަސާތަކުންނާއި ޖެންޑާ މިނިސްޓްރީން ވަނީ ނިޒާމުގައި ހުރި ގިނަ މައްސަލަތައް ފާހަގަ ކޮށްފަ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުއައްސަސާތަކުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ފިޔަވަޅު އެޅުމުގައި ނިޒާމުގެ ތެރޭގައި އޮތް ހަ މައްސަލައެއް ކޮމިޓީގެ މެންބަރުން ފާހަގަ ކުރެއްވި އެވެ. އަދި އެއިން ކޮންމެ މައްސަލައެއް ހައްލު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމުގެ މައްޗަށް ކޮމިޓީގައި މަޝްވަރާ ކުރި އެވެ.

ކޮމިޓީން ނިންމި ފުރަތަމަ ކަމަކީ ހެއްކާ ބެހޭ ދެ ބިލެއް ކަމުގައިވާ ވިޓްނަސް ޕްރޮޓެކްޝަން ބިލާއި އެޑިވެންސް ޕްރޮޓެކްޝަން ބިލް ވީހާ ވެސް އަވަހާ އެކުލަވަލާއި މަޖިލީހަށް ފޮނުވަން އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހަށް އެންގުމަށެވެ. ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި ހިމެނޭ އެ ދެ ބިލުގައި ހެކިބަސް ދޭ މީހުނަށް ދޭން ޖެހޭ ރައްކާތެރިކަން ބަޔާން ކުރުން ހިމަނަން ޖެހޭ ކަމަށް މެންބަރުން ފާހަގަ ކުރެއްވި އެވެ.

ދެވަނަ މައްސަލައަކަށް މެންބަރުން ފާހަގަ ކުރެއްވީ މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ކަމާ ބެހޭ މުއައްސަސާތަކުގައި އޮންނަން ޖެހޭ ގުޅުން ކުޑަވުމެވެ. އެހެންކަމުން މުއައްސަސާތައް ގުޅިގެން ޗައިލް ޕްރޮޓެކްޝަން ޑޭޓާބޭސް އަލުން އެކުލަވާލައި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާ ވިއުގައަކަށް އެ ޑޭޓާބޭސް ހެދުމަށް ކޮމިޓީން ނިންމި އެވެ. އަދި އެ ޑޭޓާބޭސް އެކުލަވާލުމަށް އެއް މަސް ދުވަހުގެ މުހުލަތެއް މުއައްސަސާތަކަށް ދިނުމަށް ކޮމިޓީން ނިންމި އެވެ.

ކޯޓުތަކުގައި މިފަދަ މައްސަލަތަކުގެ ޝަރީއަތްތައް ލަސްވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ނިންމަން ޖެހޭނެ މުހުލަތެއް ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއްތޯ މުއައްސަސާތަކާއެކު މަޝްވަރާކޮށް މުހުލަތެއް ކަނޑައެޅުމަށް ކޮމިޓީން ނިންމި އެވެ. އަދި ގަނޫނަކުން ކަނޑައަޅަން ޖެހޭނަމަ އެ އިސްލާހު މަޖިލީހަށް މުއައްސަސާތަކުްނ އަންގައިދިނުމަށް ވެސް ކޮމިޓީން މިއަދު ނިންމި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި މިހާރު ވެސް ދައުވާ އުފުލި ކޯޓުތަކުގައި މައްސަލަ އޮތް މީހުން ދޫވެފައި އޮތް މައްސަލަ ވެސް މެންބަރުން ފާހަގަ ކުރެއްވި އެވެ. އެ ގޮތަށް ކޯޓުތަކުގައި މައްސަލަ އޮތް މީހުން ފާހަގަކޮށް، އެ މީހުންގެ ދަފުތަރު އަލުން އެކުލަވާލައި އެ މީހުން މޮނިޓާ ކުރުމަށް މުއައްސަސާތަކަށް އަންގަން ކޮމިޓީން ނިންމި އެވެ.

ކުށުގެ ވެށީގައި އުޅޭ މައިންބަފައިންގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނާއި އެފަދަ ރިސްކްގައި އުޅޭ އާއިލާތައް ކަނޑައަޅާނެ ކްރައިޓީރިއަށް ޖެންޑާ މިނިސްޓްރީން ދެ ދުވަހުގެ ތެރޭގައި ހަމަޖައްސަން އަންގަން ނިންމި އެވެ. ހަތް ދުވަހުގެ ތެރޭގައި މިހާރު ހުރި ޑޭޓާއިން ފާހަގަވާ އާއިލާތައް މޮނިޓާކުރަން ފަށަން ނިންމި އެވެ. ތިރީސް ދުވަހުގެ ތެރޭގައި ކޮންމެ ރަށެއްގައި ހުރި އެފަދަ އާއިލާތައް ހޯދައި އެ ހުރިހާ އާއިލާއެއް މޮނިޓާ ކުރަން ފަށަން އަންގަން ވެސް ނިންމި އެވެ.

މީގެ އިތުރަށް ޖެންޑާ މިނިސްޓްރީގެ ދަށުގައި ހުންނަ ކުޑަކުދިންގެ ރައްކާތެރިކަމަށ މަސައްކަތް ކުރާ ޑިޕާޓްމަންޓްތަކާއި ސެންޓަރުތައް ހިނގަމުންދާ ގޮތުގެ އޮޑިޓެއް ހަދައި އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން ރިވިއު ކުރުމަށް އެއް މަސް ދުވަހުގެ މުހުލަތެއް ޖެންޑާ މިނިސްޓްރީއަށް ދިނުމަށް ވެސް ކޮމިޓީން ނިންމި އެވެ.

ހިއުމަން ރައިޓްސް ކޮމިޓީން ނިންމި ހަ ކަންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް މެދުވެރިކޮށް ފޮނުވުމަށް ކޮމިޓީން ނިންމި އެވެ. މަޖިލީހުން ބުނެފައިވާ ގޮތުގައި ކޮމިޓީން ނިންމާ ކަންކަން ކުރުމަށް މުއައްސަސާތަކަށް މަޖިލީހުގެ ރައީސް ނަޝީދު މިއަދު އަންގަވާނެ އެވެ.

ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް އޭނާގެ މުނިކާފަ އަދި ކާފަ ޖިންސީ ގޯނާ ކުރަމުންދާ ކަމުގެ މައްސަލައެއް ފުލުހަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހުގަ އެވެ. އޭގެ ކުރިން އެ ކުއްޖާ އުޅެމުންދަނީ އެފަދަ ނުރައްކަލެއްގައި ކަމެއް އެއްވެސް މުއައްސަސާއަކަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް މަޖިލީހުގެ ކޮމިޓީގައި މުއައްސަސާތަކުން ވަނީ ބުނެފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ކަމާ ބެހޭ މުއައްސަސާތަކުން ފިޔަވަޅު އެޅުމުގައި ލަސްވަމުންދާތީ އެ މުއައްސަސާތަކަށް އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރައްޔިތުމީހާ އ.ހ

ތި ބަހާ 5000 ރުފިޔާ، 2000 ރުފިޔާއަށް ކުޑަކޮށްބަލަ! ބާކީ 3000 ރުފިޔާ އިން ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކޮށްބަލަ! މަޖުލިސް މެންބަރުން އުޅެނީ މިލިޔަނަރުންނަށް ވެގެން، ރައްޔިތުމީހާ އުޅެނީ އަނގަޔާ އަތާ ދިމާ ނުވެގން! މާގިނައިން ތި ދެނީ! މުންޑު ކާފާމެން އެ ރުފިޔާ ބޭނުން ކުރަމުން ދަނީ ޅަކުދިން ވާވައްދާ، ހައްލާލަން!

އެދުރު

ތި، ފިޔަވަޅު ފާސްވާއިރު އޮންނާނީ ބެހުނު މީހަކަށް ފައިސާގެ އިނާމު ލިބޭ ގޮތަށް!

ދެރަ

ހިތާމަޔަކީ، ކުށްކުރާ މީހުން ހިފެހެއްޓޭނެ ގޮތެއް ނެތުން، އިސްލާމީ ޝަރީޢަތް އެމީހުންގެ މައްޗަށް ނުހިނގާކަން. އެމީހުން ތިބެންޖެހޭނީ އުމުރު ދުވަހުގެ ޖަލުހުކުމުގައި. އުމުރެއް ބަލާކަށް ނުޖެހޭނެ.

ބިގަރޭ

ތީހަމަ ލިފްޓުގޮޅިން މީހަކު ވެއްޓިގެން އިވުނު އަޑުތައް ކަހަލަ ހަފްތާއެއްފަހުން ހަނދާން ނެތިދާނެ މިހާރު ލިފްޓް ގޮޅިތައް ހުރީ ސަލާމަތުންތޯ ޗެކްކުރެވުނުތޯ ކޮބައިތޯ މަގުމަތީ ސިނގިރޭޓު ބުއިން ހުއްޓުވިއްޖެ އުތަ

އަޙްމަދް

ޤާނޫނު ހެދުމަކީ ނުހަނު ފަސޭހަކަމެކެވެ. އެކަމަކު އެ ތަންފީޒް ކުރުމަކީ ނުހަނު ބުރަ އުނދަގޫ ކަމަކަށްވީ ހިނދުވެސް ދިވެހި ރާއްޖޭގައި އަލަށް ހަދާ ޤާނޫނޫ ތަކާއި އިސްލާޙް ކުރާ ޤާނޫނު ތަށްވެސް ދުވަހުން ދުވަހަށް އައްނަނީ އިތުރުވަމުންނެވެ. މުއައްސަސާ ތަށްވެސް ދުވަހުން ދުވަހަަށް އައްނީނީ އިތުރުވަމުންނެވެ. ހަމަ އެއާއިއެކު މައްސަލަތަށްވެސް އަށްނަނީ ދުވަހުން ދުވަހަށް އިތުރުވެ ބިރުވެރި ވަމުންނެވެ.މިހެންކަމުން ސަވާލަކީ މިކަމަށް އޮތް ހައްލަކީ އަދިވެސް އިތުރަށް ޤާނޫނޫތަށް ހަދާ އިސްލާޙް ކުރަމުން ގެންދާނީތޯޢެވެ؟ އަދި މުއައްސަސާ ތަށްވެސް އިތުރުކޮށް ބާރުވެރި ކުރުވާނީ ތޯއެވެ؟ނުވަތަ ހެދިފައި ހުރި ޤާނޫނު ތަށް އަހަރުމެންގެ އަމިއްލަ ނަފްސު ތަކުގެ މައްޗަށް ތަަންފީޒު ކުރާނީތޯޢެވެ؟.(މިތަނުން އެއްމެ ރަނަގަޅު ސުވަލާކީ ފަހެ ކޮބާތޯއެވެ)؟ ޤާނޫނު ހެދުމަކީ ނުހަނު ފަސޭހަކަމެކެވެ. އެކަމަކު އަހަރުމެންގެ އަތްތަކުން ކޮށާމަށާ ހަދާ ގާނޫނަށް އަހަރުމެން ކިޔަމަންވެ ބޯނުލަނބާހާ ހިނދަކު މިކަން ކުރާނޭ އެހެން ބަޔަކު ފަހެ އައްނާނެތޯއެވެ.

އުބޭ

މިވަގުތު ބޭނުމީ ޖިންސީ ގޯނާ ހުއްޓުވާނެ ފިޔަވަޅެއްނޫން.. މިވަގުތު ބޭނުމީ ކުޑަކުދިން ނަށް ޖިންސީ ގޯނާކުރާ މީހުނަށް އެކުރި ގޯނާއި އެއްވަރު ޖިސްމާނީ ހަރުކަށި އަދަބެއް ދެވޭނެ ގިތެއް.. އޭރަށް ތިޔަ 6 ފިޔަވަޅެއްވެސް ނުަވަތަ ތިޔައިން ފިޔަވަޅެއް ދުވަހަކު ނޭޅިޔަސް ތިޔަކަން ހައްލުވެދާނެ.. ގާނުނުހަދާމަޖުލީހޭ ކިޔައިގެން ފުއްޖަހާ މީޑިއާއަށް އަރާ ރައްޔިތުންގެ ފައިސާއިން ބޮޑުމުސާރަ ނަގައިގެން ތިއްބަސް ނުވާނެ..

ކޟީން

5000ރ ދީ

ދަހާން

ތީގެން އެއްކަމެއްވެސް ކުރާނެ ކަމެއްނެތް. ޖިންސީ ގޯނާ ކުރާ މީހުންގެ އެބައި ބުޑުން ބުރިކޮށްލީމަވީ.

ތިމަންނަ

ފިޔަވަޅު ފަހަތައްބާ ނުވަތަ ކުރިއަށް ބާ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345