ހަބަރު

36 މިލިއަނަށް މީދޫ ބަނދަރު ހަދަން ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ސަލްވީން-އަވަސް
100%
0%
0%

ޑިޒައިން އެންޑް ބިލްޑް އުސޫލުން 36 މިލިއަން ރުފިޔާ އަށް ދ. މީދޫ ބަނދަރު ހަދަން ހަވާލުކޮށްފި އެވެ.

މީދޫ ބަނދަރު ހަދަން ހަވާލު ކުރީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 408 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމުމަށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. މިއީ 36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ؛

  • 373 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ޖެހުން
  • 35 މީޓަރު ރިވެޓްމަންޓު ޖެހުން
  • 294 މީޓަރުގެ އެއްގަމު ތޮށި ޖެހުން
  • ދެ ނެރުބައްތި އާއި 15 ބަނދަރު ބައްތި ޖެހުން
  • 1470 ސްކޮޔާ މީޓަރު ޕޭމަންޓު
  • ބަނދަރު ފުން ކުރުން، 15875 ކިއުބިކް މީޓަރަށް
  • އެއް ރޭމްޕު
މި މަޝްރޫއު ހަވާލުކޮށްފައިވަނީ 36 މިލިއަން ރުފިޔާ އަށް ނިންމުމަށް -- ފޮޓޯ: ސަލްވީން-އަވަސް

މި ކޮންޓްރެކްޓުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

މިދިޔަ މަހުވެސް ހަތް ރަށެއްގެ ބަނދަރުގެ މަޝްރޫއު އެމްޓީސީސީ އަށް ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން، ފަސް ރަށެއްގެ ބަނދަރު އަޕްގްރޭޑް ކޮށް ދެ ރަށެއްގެ ބަނދަރު ހަދަން ހަވާލު ކުރި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345