ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮއިޒަނާ އާދަމް ފެންމަތި ކުރައްވާފައިވާއިރު، އެ މައްްސަލަ ސިފައިންގެ ސަމާލުކަމަށް ގެނެސްފައިނުވާތީ އެމްއެންޑީއެފުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްއެންޑީއެފް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުޑަ އަންހެން ކުއްޖަަށް ޖިންސީ ގޯނާ ކުރި ސިފައިންގެ ދެ މީހެއްގެ ވާހަަކަ މެންބަރު ރޮޒައިނާ ވިދާޅުވެފައިވާއިރު މިއަދާ ހަމައަށް އައި އިރުވެސް މި މައްސަލައިގައި ހިމެނޭ ކަމަށް ވިދާޅުވާ ސިފައިންގެ ދެވަނަ މީހަކީ ކާކުކަން އަދި އެއީ އެއް މައްސަލައެއްގަައި ހިމެނޭ ދެ މީހުން ކަމެެއްވެސް ވިދާޅުވެފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ ކޮން ތާރީހެއްގައިކަންވެސް ފުލުހުން ހިއްސާކުރި މައުލޫމާތުން މިހާތަނަށް އެނގިފައިނުވާ ކަމަށެވެ.
ސިފައިންގެ ދެމީހަކު 15 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރިކަމަށް ރޮޒައިނާ ވިދާޅުވުމާއި ގުޅިގެން އެ މެމްބަރު އެ ވިދާޅުވަނީ ކޮން ސިފައިންގެ މީހެއްގެ ވާހަކަތޯ ހޯދަން އެ މެންބަރު އަރިހުގައި އެދިފައިވާ ކަމަށާ ސިފައިންގެ އެ ދެ މީހުންނަކީ ކޮން ބައެއްކަން އެނގޭނީ ފުލުހުންނަށް ކަމަށް މެންބަރު ވިދާޅުވުމުން އެފަދަ ތުހުމަތެއް ކުރެވޭ ސިފައިންގެ މީހަކު ވާނަމަ، އެބަޔަކާއިގުޅޭ މައުލޫމާތު ދިނުމަށް ފުލުހުންގެ އިދާރާގައި މިމަހުގެ 18 ވަނަ ދުވަހު އެދިފައިވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީސްގެ އިއްޒަތްތެރި މެމްބަރު ވިދާޅުވެފައިވަނީ ދެ ސިފައިންގެ މީހެއްގެ ވާހަކަ ކަމަށް ވީހިނދު، މިއަދާ ހަމައަށް އައި އިރުވެސް މި މައްސަލައިގައި ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު އެ ވިދާޅުވާ ސިފައިންގެ ދެ ވަނަ މީހަކު މި މައްސަލާގައި ހިމެނޭކަން ނުވަތަ ނޫންކަން އަދި މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ ކޮން ތާރީހެއް ގައިކަންވެސް ފުލުހުން މި މުއައްސަސާއާއި ހިއްސާކުރެއްވި މައުލޫމާތުން ސާފެއްނުވެ." ކަންބޮޑުވުން ފާޅުކޮށް ސިފައިން ނެރެފައިވާ ބަޔާނުގައިވެއެވެ.
ރައްޔިތުންގެ މަޖިލީސްގެ އިއްޒަތްތެރި މެމްބަރު ވިދާޅުވެފައިވަނީ ދެ ސިފައިންގެ މީހެއްގެ ވާހަކަ ކަމަށް ވީހިނދު، މިއަދާ ހަމައަށް އައި އިރުވެސް މި މައްސަލައިގައި ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު އެ ވިދާޅުވާ ސިފައިންގެ ދެ ވަނަ މީހަކު މި މައްސަލާގައި ހިމެނޭކަން ނުވަތަ ނޫންކަން އަދި މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ ކޮން ތާރީހެއް ގައިކަންވެސް ފުލުހުން މި މުއައްސަސާއާއި ހިއްސާކުރެއްވި މައުލޫމާތުން ސާފެއްނުވެއެމްއެންޑީއެފް
އެމްއެންޑީއެފުން ބުނީ ސިފައިންގެ މީހަކާމެދު ޖިންސީ ގޯނާގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ ކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަށް ލިބުމުން އެ މައުލޫމާތު އެމްއެންޑީއެފާއި ހިއްސާކުުރިނަމަ އަދި ފުލުހުންގެ އިދާރާއިންވެސް ސިފައިންގެ މީހަކާއިމެދު މިފަދަ މައްސަލައެއް ބަލާކަމުގެ މައުލޫމާތު ހިއްސާކުރިނަމަ ގަވާއިދުތަކުގައިވާ ގޮތުގެ މަތީން ވަގުތުން އެ މައްސަލައެއް ބަލާ އަޅަން ޖެހޭ ފިޔަވަޅު އެޅުނީސް ކަމަށެވެ.
"މި މައުލޫމާތު މި މުއައްސާއާ ކުރިން ހިއްސާ ކުރައްވާފައި ނުވާތީ، ނުހަނު ހިތާމަކުރާ ވާހަކަ ދަންނަވަން." ސިފައިންގެ ބަޔާނުގައިވެއެވެ.
ޖިންސީ ގޯނާގެ ތުހުމަތެއްގައި ރޭ ހައްޔަރުކުރި ސިފައިންގެ މީހާ ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް ސިފައިން މިއަދު ވަނީ ބުނެފައެވެ.
ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮއިޒަނާ އާދަމް ފެންމަތި ކުރެއްވީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ އޮތް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ބައްދަލްވުމުގައި ވާހަކަދައްކަވަމުންނެވެ.
ރޮޒައިނާ ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.
15 އަހަރުގެ ކުއްޖެއް ރޭޕްކޮށްގެން ދެ ސިފައިންގެ މީހުންގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅާފައިވާ ކަމަށާ ނަމަވެސް އަދިވެސް އެ މައްސަލާގައި އިންސާފް ނުލިބޭ ކަމަށް ވިދާޅުވިއެވެ. އޭގެ ބަދަލުގައި އަދިވެސް އެ މީހުން ތިބީ ސިފައިންގެ މުއައްސަސާގައި ޔުނީފޯމް އެޅި ވަޒީފާތަކުގައި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ހަމަ އެއްކަލަ ދެ ސިފައިންގެ މީހުން ސިފައިންގެ ޔުނީފޯމް އަޅައިގެން އޮފީސް ގޮސްގޮސް އެ ތިބެނީ. ރޭޕްކުރި ކުއްޖާ އެ ހުރި ހުރިގޮތަށް، އެއީ ކާކުކަން ކިޔައިނުދެވޭ ވަރުގެ ކުއްޖެއްގެ ވާހަކައެއް ނޫން މި ދައްކަނީ. 15 އަހަރުގެ ކުއްޖެއް އެއީ، އެކަމަކު އަދިވެސް އެމީހުން އެ ތިބެނީ ދޫވެފައި." ރޮޒައިނާ ވިދާޅުވިއެވެ.